ކޮވިޑު އިންޑިއާ: މިނެޓަކު ދެ މަރު

ކޮވިޑު ހާލަތު މިހާރު އެންމެ ގޯސްވެފައިވާ އިންޑިއާގައި މިހާރު ދުވާލަކު ނިސްބަތުން މިނެޓަކު ދެ މީހަކު މަރުވަމުންދެއެވެ. އިއްޔެ އަކީ މަރުވި މީހުންގެ އަދަދު އަނެއްކާވެސް ރެކޯޑު އަދަދަކަށް އިތުރުވި ދުވަހެކ...

02 May 2021 | 11:28

ކޮވިޑު ހާލަތު މިހާރު އެންމެ ގޯސްވެފައިވާ އިންޑިއާގައި މިހާރު ދުވާލަކު ނިސްބަތުން މިނެޓަކު ދެ މީހަކު މަރުވަމުންދެއެވެ.

އިއްޔެ އަކީ މަރުވި މީހުންގެ އަދަދު އަނެއްކާވެސް ރެކޯޑު އަދަދަކަށް އިތުރުވި ދުވަހެކެވެ. އެގޮތުން އިއްޔެ އެކަނި 3600 އަށްވުރެ ގިނަ މީހަކު އިންޑީއާގައި ކޮވިޑުގައި މަރުވެފައިވެއެވެ .

އިއްޔެ ޕޮޒިޓިވް ވި އަދަދު އުޅެނީ ތިން ލައްކަ ނުވަދިހަ ހާހަށްވުރެ މަތީގައެވެ. އޭގެ ކުރީ ދުވަހު އެ އަދަދު ހުރީ ހަތަރު ލައްކައިގައެވެ.

އިންޑިއާގެ ކޮވިޑުގެ ހާލަތު މިހާ ބޮޑަށް ގޯސްވެގެން ގޮސްފައިވަނީ ސިޔާސީ އަދި ދީނީ އެއްވުންތަކަށް އެއްވެސް ކޮންޓްރޯލެއް، އުސޫލުތަކެއް ހަމައެއް ލަމައެއް ނެތި ފުރުސަތު ދިނުމުންނެވެ.

ހާލަތު ގޯސްވެ ހޮސްޕިޓަލުތައް ފުރި އޮކްސިޖަނަށް ޖެހިފައިވާއިރު މިހާރުވެސް އެ ގައުމުގައި ވޯޓު ލުމެއް، ވޯޓު ގުނުމެއް އެބަ ކުރިއަށް ގެންދެއެވެ. މި ހާލަތުގައިވެސް އިންތިހާބެއް ކުރިއަށް ގެންދާތީ މޯދީ ސަރުކާރަށް ފާޑުކިޔުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް