އިންތިހާބީ މޭޔަރާއި ކައުންސިލަރުންނާއި މާލޭ ސިޓީ ކައުންސިލުން ބައްދަލުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމަކީ ސިޓީ ކައުންސިލަށް އަލަށް ހޮވިވަޑައިގަތް މެމްބަރުންނަށް ތައާރަފެއް ދެއްވުމަށްޓަކައި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މޭޔަރު ޝިފާ މުހައްމަދާއި ކައުންސިލުގެ އެހެން ބައެއް މެމްބަރުންގެ އިތުރުން އެ އިދާރާގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވި އެވެ.
https://twitter.com/MaleCitymv/status/1388725489292832771
މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް މިފަހަރު ވަނީ އިދިކޮޅު ޕީޕީއެމްއިން ނަގާފަ އެވެ. ޕީޕީއެމްއިން މާލޭ ސިޓީ ކައުންސިލްގެ11 ގޮނޑި ކާމިޔާޞު ކުރި އިރު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ފަސް ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް އެއް ގޮނޑި ލިބުނެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ ރޯދައިގެ ފަހުން މިމަހުގެ18 ހާތާނގައި ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް