ރޯދައިގެ ފުރަތަމަ 15ގަ ކުށްކުރުން މަދު، އެންމެ މަދީ ދުވާލު ކައިގެން ހުށަހެޅި މައްސަލަ

މިދިޔަ ދެ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ގައި ފުލުހުންނަށް ހުށަހެޅު މައްސަލަތައް ވަރަށް މަދު ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުނ...

02 May 2021 | 08:24

މިދިޔަ ދެ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ގައި ފުލުހުންނަށް ހުށަހެޅު މައްސަލަތައް ވަރަށް މަދު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1،352 މައްސަލައެވެ. ފާއިތުވި ދެ އަހަރުގެ ރޯދައިގެގެ ފުރަތަމަ 15 ދުވަހު 2،648 މައްސަލައެއް ހުށަހަޅާފަ ވެ އެވެ.

މައްސަލަތަކުގެ ތަފްސީލް ހާމަ ކުރަމުން ފުލުހުން ބުނީ އެންމެ މަދީ ރޯދަ މަހު ދުވާލުގަޑީގައި ކައިގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެގޮތުން ފާއިތުވި ދެ އަހަރު 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ދުވާލު ގަޑީގައި ކައިގެން ހުށަހަޅާފައިވަނީ 10 މައްސަލަ އެވެ.

މި އަހަރު ރޯދަ މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު  ފާއިތުވި ދެ އަހަރުގެ މި މުއްދަތުގައި 646  މައްސަލަ  ހުށަހަޅާފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ 15 އާ ހަމައަށް ވައްކަމުގެ 368 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައް ވެސް މަދުވެފައެވެ. އެގޮތުން ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މި މުއްދަތުގައި ހުށަހަޅާފައިވަނީ 129 ޓްރެފިކް މައްސަލަ އެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލައެކެވެ. މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު 273 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފައިވެއެވެ. ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރޯދައިގެ ފުރަތަމަ 15 ދުވަހު މަސްތުވާތަކެތީގެ 398 މައްސަލަ ހުށަހަޅާފައިވެއެވެ.

އެހެނިހެން މައްސަލަތަކުގެ ގޮތުގައި ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 743 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު 415 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މީގެ ކުރިން ކޮންމެ އަހަރެއްގެވެސް ރޯދަ މަހަކީ ކުށްކުރުން އިތުރުވާ މަހެއްގެ ގޮތުގައި ފާހަގަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް