5،900 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު އޯލެވެލް އިމްތިހާން ފަށައިފި

މިއަހަރުގެ އޯލެވެލް އިމްތިހާނު 5،900 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު މިއަދު ފަށައިފި އެވެ. އެޑިކުކޭޝަން މިނިސްޓްރީން ބުނީ މިއަދު އޯލެވެލް އިމްތިހާނު 235 ސެންޓަރެއްގައި ހަދަން ފަށާފައިވާ ކަމަށެވެ. އަ...

02 May 2021 | 07:58

މިއަހަރުގެ އޯލެވެލް އިމްތިހާނު 5،900 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު މިއަދު ފަށައިފި އެވެ.

އެޑިކުކޭޝަން މިނިސްޓްރީން ބުނީ މިއަދު އޯލެވެލް އިމްތިހާނު 235 ސެންޓަރެއްގައި ހަދަން ފަށާފައިވާ ކަމަށެވެ. އަދި މި އިމްތިހާނުގައި 5،955 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

އިމްތިހާނު ހަދާ ސެންޓަރުތަކުން އިމްތިހާނަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ބުނެ އެވެ. ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އިމްތިހާނު ހެދޭ ހަލަތުގައި ތިބި ދަރިވަރުންނަށް އިމްތިހާނު ފޯރުކޮށްދިނުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަނުން އިން ބުންޏެވެ.

އެގޮތުން އެޗްޕީއޭ އާއި ރަށްރަށުގެ ޓަސްކްފޯސްތަކާއި ސިއްހީ އިދާރާތައް ގުޅިގން ރައްކާތެރިކަމާ އެކު އިމްތިހާނު ހެދޭނެ އިންތިޒާމު އެފަދަ ދަރިވަރުންނަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިއީ އޯލެވެލް އިމްތިހާނު މެއި މަހު ބާއްވާ ފުރަތަމަ އަހަރެވެ. މި އިމްތިހާނުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު ހަދަން ހަމަޖެހިފައި އޮތް ދަރިވަރުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ސްކޫލްތައް ބަންދުކޮށް ކިޔަވައިދިނުމަށް ހުރަސް އެޅުމުން އޯލެވެލް އިމްތިހާނު މިއަހަރުގެ މެއި/ ޖޫން މަހަށް ބަދަލު ކުރި އިރު މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވާނީ މެއި/ ޖޫންގައި އެވެ. އަދި ދިރާސީ އަހަރު ފަށާ މަސް ވަނީ ޖެނުއަރީން އޯގަސްޓަށް ބަދަލުކޮށްފަ އެވެ.

އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު އޭލެވެލް އިމްތިހާނު ވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް