ބ. އޭދަފުށީގައި ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދު146 އަށް އަރައިފި އެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ރަށުން އިއްޔެ25 ސާމްޕަލް ނެގުނު ކަމަށާއި އިއްޔެ އިތުރު ހަތް މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި އެ ކޭސްތަކާއި އެކު އެ ރަށުން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު146 އަށް އަރާފައިވާ ކަމަށް ބުނެ އެވެ.
އޭދަފުށީގައި ކޯވިޑް ފެތުރެން ފެށުމުން މިހާތަނަށް1،045 ސާމްޕަލެއް ނަގާފައިވެ އެވެ. އޭގެ ތެރެއިން ކޯވިޑަށް ނެގެޓިވް ވެފައިވަނީ899 ސާމްޕަލެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޭދަފުށި ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ކޯވިޑް ޖެހިފައިވާ މީހަކަށް އިއްޔެ ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.
ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮސިޓިވްވެގެން އޭދަފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ19 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް