ރޭގައި ފުލުހުން ކަން ކުރި ގޮތް ބަލަން ވާނީ އަންގާފައި: ސީޕީ ހަމީދު

ރޭގައި ފުލުހުން ކަން ކުރި ގޮތް ބަލަން ވާނީ އަންގާފައި: ސީޕީ ހަމީދު އޮފީސް މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް ޒުވާނުންތަކެއް ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގައި އަމަލުކުރި ގޮތް ބަލަ...

02 May 2021 | 05:00

ރޭގައި ފުލުހުން ކަން ކުރި ގޮތް ބަލަން ވާނީ އަންގާފައި: ސީޕީ ހަމީދު

އޮފީސް މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް ޒުވާނުންތަކެއް ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގައި އަމަލުކުރި ގޮތް ބަލަން ވާނީ އަންގާފައި ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވެފައިމިވަނީ ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް އަދި ނޫސްވެރިންނަށް ހުރަސްތައް ކުރިމަތިކޮށް ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް ނިސްބަތްކޮށް ފުލުހުން ބޭ އަދަބީ ބަސް ބޭނުންކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މި މައްސަލަ ހޫނުވެފައިވަނިކޮށެވެ.

https://twitter.com/M_Hameedh/status/1388712350883082240

މުޒާހަރާގެ ބައިވެރިންތަކެއް ގަޔަށް ޕެޕަރ ސްޕްރޭ ޖެހުމުގައި ފުލުހުންތަކެއް އަމަލުކުރިގޮތް ދައްކުވައިދޭ ވީޑިއޯއެއްވެސް ރޭގައި ވަރިއަލްވެފައިވެއެވެ.

ސީޕީ ހަމީދު ވިދާޅުވެފައިވަނީ މިކަމުގައި އާންމުންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި މިކަން ތަހުގީގު ކުރެވޭނެ ކަމަށެވެ.

ފުލުހުން ރޭގައި އަމަލުކުރި ގޮތް ރިވިއު ކުރެވޭނެ ކަމަށް ފުލުހުންވެސް ރޭގައި ބުނެފައިވެއެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިފަދަ މޭރުމަކުން ޓްވީޓް ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް