ލ. މާންދޫއިން ފެނި އަތޮޅުގެ އިތުރު ފަސް ރަށަކަށް ފެތުރިފައިވާ މާންދޫ ކޮވިޑު ކްލަސްޓާގެ ޖުމްލަ އަދަދު 278 އަށް އަރައިފިއެވެ.
އެގޮތުން ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާގޮތުގައި އިއްޔެ އެ ކްލަސްޓާގައި ގަން އަދި މާންދޫން އިތުރު އަށް މީހަކު ޕޮޒިޓިވް ވެފައެވެ. މިއާއެކު ގަން އަދި މާންދޫގެ ޖުމްލަ މިވަނީ 259 އަށް އަރާފައެވެ.
ހަމަ މި ކްލަސްޓާ އާއި ގުޅުންހުރި ކޭސްތަކެއް ލ. ފޮނަދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. އިސްދޫގައި ހުރި އިރު، ފޮނަދޫން ޕޮޒިޓިވް ވެފައިވާ އަދަދު ވަނީ 13 އަށް އަރާފައެވެ. ދަނބިދޫން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު މާބައިދޫ އެކަކު އަދި އިސްދޫން އެކަކު މި ކްލަސްޓާގައި ވަނީ ޕޮޒިޓިވް ވެފައެވެ. އެހެންކަމުން މުޅި ކްލަސްޓާގެ ޖުމްލަ އަދަދު މިވަނީ 278 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް