ޅ. ނައިފަރުން ކޮވިޑަށް އިތުރު 50 މީހަކު ޕޮޒިޓިވް ވެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 236 އަށް އަރައިފިއެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން ރޭގައި ބުނެފައިވާގޮތުގައި މިހާތަނަށް 3092 ސާމްޕަލެއް ނަގާފައިވާއިރު އަދި ނަތީޖާ ނުލިބި 86 ސާމްޕަލެއް އެބަވެއެވެ. އިއްޔެ 50 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 28 މީހަކީ ކޮންޓެކްޓް ޓްރޭސިން ތެރެއިން ޕޮޒިޓިވް ވި މީހުން ކަމަށާއި 22 މީހަކީ ފްލޫ ކްލިނިކުން ޕޮޒިޓިވް ވި މީހުން ކަމަށް ބުނެފައިވެއެވެ.
ނައިފަރު މޮނީޓަރިން ހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ރަށުގެ ކޮވިޑުގެ ކޭސްތައް ގުޅިގެން ދިޔައީ ފެލިވަރު ކްލަސްޓާ އާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް