މާންދޫ ކްލަސްޓާ: މާންދޫން ހާލުދެރަވި ތިން މީހަކު މާލެ ފޮނުވާލައިފި

ލ. މާންދޫގައި އުފެދި އަތޮޅުގެ ފަސް ރަށަކަށް ފެތުރިފައިވާ ކްލަސްޓާއިން ޕޮޒިޓިވް ވެފައިވާ ފަރާތްތަކުގެ ތެރެއިން ހާލު ދެރަވި ތިން މީހަކު މާލެ ފޮނުވާލައިފިއެވެ. ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާގޮތުގަ...

02 May 2021 | 00:15

ލ. މާންދޫގައި އުފެދި އަތޮޅުގެ ފަސް ރަށަކަށް ފެތުރިފައިވާ ކްލަސްޓާއިން ޕޮޒިޓިވް ވެފައިވާ ފަރާތްތަކުގެ ތެރެއިން ހާލު ދެރަވި ތިން މީހަކު މާލެ ފޮނުވާލައިފިއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މާންދޫއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރއިން ތިން މީހަކު ވަނީ މާލެ ފޮނުވާލާފައެވެ. މާލެ ފޮނުވާލީ ލަންކާގެ ފިރިހެނަކާއި ނޭޕާލްގެ ދެ ފިރިހެނުން ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މާންދޫ ކްލަސްޓާގެ ޖުމްލަ އަދަދު 278 އަށް އަރާފައިވާއި މި ކްލަސްޓާގެ ކޭސްތައް މާންދޫގެ އިތުރުން، ލ. ގަން، ލ.ފޮނަދޫ، ލ. ދަނބިދޫ، ލ. އިސްދޫ އަދި ލ. މާބައިދޫން ވަނީ ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް