ލ. މާންދޫ ފެނުނު ކޮވިޑު ކްލަސްޓާއާއި ގުޅުންހުރި ފަރާތެއް އެ އަތޮޅު މާބައިދޫން ޕޮޒިޓިވް ވެ އެ ރަށުގެ ގެތަކެއް މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
މާބައިދޫ ހެލްތު ސެންޓަރުން ބުނެފައިވަނީ 28 އޭޕްރީލްގައި ނގި ޑައިރެކްޓް ކޮންޓެކްޓް ހަ ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
މި ކޭހާއި ގުޅިގެން އެ ރަށުގެ 12ގެއެއް މޮނީޓަރިން ހާލަތަށް ވަނީ ގެންގޮސްފައެވެ.
މާންދޫ ކްލަސްޓާއާއި ގުޅުންހުރި ކޭސްތައް އެ އަތޮޅުގެ ގަމާއި، ފޮނަދުއާއި ދަނބިދުއާއި އިސްދޫގެ އިތުރުން މާބައިދޫންވެސް މިވަނީ ފެނިފައެވެ.
މި ކޭހާއެކު މާންދޫ ކްލަސްޓާގެ ޖުމްލަ އަދަދު މިވަނީ 278 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް