ފ. ފީއަލީގައި ކޮވިޑް ފެތުރިއްޖެއެވެ.
އެގޮތުން ފީއަލިން ނެގި ރޭންޑަމް ސާމްޕަލްތަކުން ހަތަރު ސާމްޕަލް ވަނީ ކޯވިޑް 19 އަށް ފައްސިވެފައެވެ.
އެހެންކަމުން ފީއަލީގައި ކޯވިޑް 19 ވަނީ ފެތުރިފައިވާ ކަމަށާއި ހުރިހައި ރައްޔިތުން ކެއްތެރިވެ، ކަމާގުޅޭ މުއައްސަސާތަކުން ދެއްވާ ލަފާތަކަށް ފުރިހަމަޔަށް އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.
މީގެ ކުރިން ފީއަލިން ޕޮޒިިޓިވް ވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި އަށް މީހުންނެވެ.
ފީއަލީ އެލްތް ސެންޓަރުން ބުނެފައި ވަނީ، ރަށުތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބަޔަކު ފެނުފައިވާތީ، ހެލްތް ސެންޓަރުން ބަލިމީހުން ބެލުމުގެ އިންތިޒާމް ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް