ރަސްދޫ ކައުންސިލް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެ މުޅި ކައުންސިލް ހޯމް ކަރަންޓީނަށް

މޮނީޓަރިން ހާލަތުގައި އޮތް އއ. ރަސްދޫ ކައުންސިލްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ކައުންސިލްގެ ހުރިހާ މުވައްޒަފުން ހޯމް ކަރަންޓީނަށް ގޮސްފިއެވެ. އެ ކައުންސިލުން މިރޭ ނެރެފައިވާ ބަޔާނެއްގައި ...

01 May 2021 | 19:52

މޮނީޓަރިން ހާލަތުގައި އޮތް އއ. ރަސްދޫ ކައުންސިލްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ކައުންސިލްގެ ހުރިހާ މުވައްޒަފުން ހޯމް ކަރަންޓީނަށް ގޮސްފިއެވެ.

އެ ކައުންސިލުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން ފެނިފައިވާތީ، ކޮންޓެކްޓް ޓްރޭސިން ހެދުމާއި ޑައިރެކްޓް ކޮންޓެކްޓްވީ ފަރާތްތައް ކަށަވަރު ކުރުމުގެ މަސައްކަތް ނިމެންދެން މުވައްޒަފުން ގޭގައި މަޑުކުރުމަށް އަންގާފައިވާކަމަށެވެ.

"މިވަގުތު ކައުންސިލްގައި މަސައްކަތްކުރައްވަމުން ގެންދަވާ ހުރިހާ މުވައްޒަފުންވެސް ގޭގައި މަޑުކުރުމަށް އަންގަވާފައިވާތީ މި ކައުންސިލަށް ހާޒިރުވެގެން ހޯދަންޖެހޭ ހިދުމަތްތައް މިވަގުތަށް ދެވެން ނެތްވާހަކަ ދަންނަވަމެވެ." އެ ކައުންސިލުން ބުނެފައިވެއެވެ.

އއ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އެ ރަށުގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވް އެކްޓިވް ކޭސްގެ އަދަދަކީ ނުވައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް