މިރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެނދި މުދާ އުފުލާ ބޯޓުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްްލިގެން ހޯދަމުން ދަނީ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު 25 އެވެ.
އަލިފާން ރޯވެ އަނދާފައި ވަނީ ތ. އަތޮޅާއި ލ. އަތޮޅަށް މުދާ އުފުލާ "ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ ބޯޓެއްގައެވެ.
އެމްއެންޑީއެފުން މިރޭ ބުނީ "ހޮޅުދޫ ބޯޓް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެގާރަ ދިވެހިންނާއި 7 ބިދޭސީންނާއެކު މާލެ ދަތުރުކުރަމުން ދިޔަ “ހޮޅުދޫ ބޯޓު”ގައި ރޯވީ ހިރިލަންދޫއިން ފުރައިގެން މާލެ ދަތުރުކުރަމުން އަންނަނިކޮށް ތ. ކަނޑޫދޫ ކައިރިންނެވެ. ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ފިޔަވާ ދެން ތިބި މީހުން ސަލާމަތްކޮށްގެން އެމްއެންޑީއެފުން ވަނީ ކަނޑޫދޫއަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް