ކޮންމެ ދިވެހި ދަރިޔަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް: ރައީސުލްޖުމްހޫރިއްޔާ

ކޮންމެ ދިވެހި ދަރިޔަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އޯޓިޒ...

02 Apr 2025 | 09:19

ކޮންމެ ދިވެހި ދަރިޔަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ކޮންމެ ދިވެހި ދަރިޔަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށާއި އޯޓިޒަމް ތަޙައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީންކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް ދެވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް