އައްޑޫ ސިޓީ އާރިކިޅީގައި ފުރާނަ ނެތް ބިދޭސީއެއް !

އައްޑޫ ސިޓީ އާރިކިޅީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ އައްޑޫ ސިޓީ، އާރިކިޅީގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ މަޢުލޫމާތު މ...

02 Apr 2025 | 06:13

އައްޑޫ ސިޓީ އާރިކިޅީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ އައްޑޫ ސިޓީ، އާރިކިޅީގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:33 އެހާކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

"އެމީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ކަމަށާއި މައްސަލަ ތަހުޤީޤު ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް