ގެއްލިގެން ހޯދަމުންދިޔަ 13 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 13 އަހަރުގެ އަންހެންކުއްޖާ މިހާރު ފެނިފައިވާކަމަށާއި ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފައިވެއެވެ. ގެއްލިގެން ހޯދަމުންދިޔައީ ރ. އިނގުރައިދޫ، ކަނބުރުގެ، އުމުރުން 13 އ...

02 Apr 2024 | 07:53

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 13 އަހަރުގެ އަންހެންކުއްޖާ މިހާރު ފެނިފައިވާކަމަށާއި ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ރ. އިނގުރައިދޫ، ކަނބުރުގެ، އުމުރުން 13 އަހަރުގެ އައިޝަތު ޒީވާ ސައީދެވެ. ފުލުހުން ރޭގެ ފަތިހު ބުނެފައިވާގޮތުގައި އާއިލާއަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭގެ 07:45 ހާއިރުގައެވެ.

އެ ކުއްޖާ ފެނުނު ކަމަށް ފުލުހުން ބުނި ނަމަވެސް ކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް