ފިލްމީ ތަރި އަޒޭ ޖޭޕީ ދޫކޮށް ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފި

ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) ޖުމްހޫރީ ޕާޓީ ދޫކޮށް ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށް އަޒޭ ބުނެފައިވަނީ ހިތުގެ އަޑިން ވަރަށް ތެދުވެރިކަމާއެކު 2023ގެ ރިޔާސީ އިންތިހާބުގ...

02 Apr 2023 | 17:41

ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) ޖުމްހޫރީ ޕާޓީ ދޫކޮށް ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އަޒޭ ބުނެފައިވަނީ ހިތުގެ އަޑިން ވަރަށް ތެދުވެރިކަމާއެކު 2023ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރާނެ ވާހަކަ އުފަލާއެކު އިއުލާނުކުރާކަމަށެވެ.

"މިކަން އިއުލާނުކޮށް ޖޭޕީން ވަކިވީމެވެ" އަޒޭ ބުނެފައިވެއެވެ.

އަޒޭ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފައިވާއިރު ޖޭޕީ ދޫކޮށް ވަލީދާވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމައި އެކަން އިއުލާނުކޮށްފައެވެ.

އަޒޭ އާއި ވަލީދާގެ އިތުރުންވެސް އިތުރު ބަޔަކު ޖޭޕީ ދޫކޮށް ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމާފައިވާކަން މި ދެ ތިން ދުވަހު އިއުލާނުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް