އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާގޮތުގައި އައްޑޫ ސިޓީ ފޭދޫ އަލިވިދާގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލުކޮށް އަލިފާން ނިއްވާލާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަނުންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް ލިބިފައިވަނީ މިރޭ 7:33 ގައި ކަމުގައި އެމްއެންޑީއެފުން ބުނެއެވެ. އަދި އަލިފާން ނިއްވާލެވިފައިވަނީ މިރޭ 08:09 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް