އިސްލާމީ ދުނިޔެއާއި މެދުއިރުމަތި ރައީސް ސޯލިހް ބަލައިގަންނަކަން ކަށަވަރުކޮށްދެން : މުހައްމަދު ޚަލީލް

އިސްލާމީ ދުނިޔެއާއި މެދުއިރުމަތި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތައް ވަރަށް ބޮޑަށް ބަލައިގަންނަ ކަމުގައި ސައޫދީއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޚަލީލް ވި...

02 Apr 2023 | 15:48

އިސްލާމީ ދުނިޔެއާއި މެދުއިރުމަތި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތައް ވަރަށް ބޮޑަށް ބަލައިގަންނަ ކަމުގައި ސައޫދީއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.

އޮގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ދިވެހި ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަންވެސް ކުރައްވަމުން ގެންދަވާ ޚަލީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ދެވަނަ ދައުރަކަށް އިބްރާހިމް މުހައްމަދު ސޯލިހް ހޮވުމަށް އަޅުގަނޑު މިހުރީ އެމަނިކުފާނާއެކު" ޚަލީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/Khaleel_MDV/status/1642454150309982211?t=Agvan5eZPML-v59iUVCKAA&s=08

ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުގެ މަގާމާއި އެކްޓިން ހައި ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް