ފިލިޕިންސްގައި ދިވެއްސަކު އެކްސިޑެންޓުވެ ސީރިއަސް ހާލަތުގައި

ފިލިޕިންސްގައި ދިވެއްސަކު އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން އެބަދެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެކްސިޑެންޓުވެފައިވަނީ އެ ގައުމަށް ޕައިލެޓް ޓްރެއިނިން ހަދަން ގޮސް ހުރި ފުވައ...

02 Apr 2023 | 08:50

ފިލިޕިންސްގައި ދިވެއްސަކު އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން އެބަދެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެކްސިޑެންޓުވެފައިވަނީ އެ ގައުމަށް ޕައިލެޓް ޓްރެއިނިން ހަދަން ގޮސް ހުރި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ލުހައިލް ކިޔާ ޒުވާނެކެވެ. އޭނާ އެކްސިޑެންޓުވެފައިވަނީ ފިލިޕިންސްގެ ސިޓީއެއް ކަމަށްވާ ސެބޫގައި އެވެ.

ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގައި އޭނާގެ ދެ ފައި ބިނދިފައިވާއިރު އަދިވެސް ހޭ ނާރާކަމަށް މައުލޫމާތު ލިބެ އެވެ. ލުހައިލްއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.

މި އެކްސިޑެންޓު ހިނގީ އޭނާ ދުއްވި ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ގޮސް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މި ހާދިސާ ހިނގި އިރު އޭނާ ވަނީ އެގައުމުގައި ފުރިހަމަ ކުރަމުން ދިޔަ ޕައިލެޓް ޓްރެއިންގެ ބޮޑު ބައި ނިންމާފައި އެވެ.

މި އެކްސިޑެންޓުގެ ހަބަރާއި އެކު ރާއްޖޭގައި ތިބި އެއާއިލާގެ މެމްބަރުން ވަނީ ފިލިޕިންސްއަށް ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް