ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މާމަ ޒުލައިހާ ހުސައިން (ކަނދި ދަލޭކާފުޅު) ނިޔާވެއްޖެ އެވެ.
އުމުރުން 86 އަހަރުގައި ޒުލައިހާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހު އެވެ.
މާމަ ނިޔާވުމާއި ގުޅިގެން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާމަގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފާއި އެކު މާމަ ނަގާފައިވާ ފޮޓޯއެއް ޓުވިޓާގައި ހިއްސާ ކުރައްވާފައި ވެއެވެ.
މަހުލޫފު ވަނީ އޭނާގެ މާމަގެ ޖަނާޒާ އާއި ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ
ޒުލައިހާގެ މައްޗަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް