ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ 51 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިވާ ކަމަށެވެ. މަގުބައްތި ހަރުކުރުމުގެ 89 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
އަދި، ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައެވެ. މީގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ ދުވާރު އެޅުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫޢުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހަދާނެ އެވެ.
މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫޢަކީ 20.4 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް