ދުވަހުގެ ރެސިޕީ: ޗޮކުލެޓް ލާވާރ ކޭކު

ބޭނުންވާތަކެތި 4 މެޒުމަތީ ސަމުސާ ބަޓަރު 150ގ ކުކިން ޗޮކުލެޓް 4/1 1 ޖޯޑު ހަކުރު މުގުރާލާފަ  2ބިސް 3 ބިހުގެ ގޮބޮޅި 1 ސައިސަމުސާ ވެނީލާ އެސެންސް 2/1 ޖޯޑު ފުށް ހައްދަވާނެ ގޮތް މައިކުރޯ ވޭވް އަވަނެއްގައި ބ...

02 Apr 2023 | 06:46

ބޭނުންވާތަކެތި

  • 4 މެޒުމަތީ ސަމުސާ ބަޓަރު
  • 150ގ ކުކިން ޗޮކުލެޓް
  • 4/1 1 ޖޯޑު ހަކުރު މުގުރާލާފަ
  •  2ބިސް
  • 3 ބިހުގެ ގޮބޮޅި
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 2/1 ޖޯޑު ފުށް

ހައްދަވާނެ ގޮތް

މައިކުރޯ ވޭވް އަވަނެއްގައި ބަޓަރު،އަދި ޗޮކުލެޓް ދިޔާ ކޮއްލަށްވާ. ދިޔާކޮއްލުމަށްފަހު ހަކުރު އަޅާ ރަނގަޅަށް އެއްކޮށްލައްވާ.އެއައްފަހު ބިސް،ބިހުގެ ގޮބޮޅި އަދި ވެނީލާ އެސެންސް އަޅުއްވާ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލައްވާފަ ފުށް އަޅުއްވާ އެއްކޮށްލައްވާ.ކުދި ދަގަނޑު މަފިން ކަޕުތަށް ނޮން-ސްޓިކް ސުޕުރޭއިން ސުޕުރޭ ކޮށްލުމަށްފަހު ކަޕް ތަކަށް އަޅުއްވާ 220 ޑިގްރީ ސެލްސިއަސްގައި 13 މިނެޓް ފިހެވުމުން ނަންގަވާ.

ނޯޓް.މައިކްރޯ ވޭވް އަވަންގެ ބަދަލުގައި، އާވިންވެސް ބަޓަރު އަދި ޗޮކުލެޓް ދިޔާކޮށްލެވިދާނެ.އަދި ނޮން-ސްޓިކް ސުޕުރޭ ނެތްނަމަ ބަޓަރު އުގުޅާލުމަށް ފަހު ފުށްކޮޅެއް އުނގުޅާލައްވާ. މަފިން ކަޕް ނުގެންގުޅޭނަމަ ޓުރޭވެސް ބޭނުން ކުރެވިދާނެ.ޓުރޭ ބޭނުން ކުރައްވާ ނަމަ އެންމެ ކުދި ސައިޒުގެ ޓުރޭ ބޭނުން ކުރައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް