އަންނަ ޖޫން މަހު 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަން ބާއްވަން ނިންމައިފި އެވެ.
މާ އަވަސް އަވަހަށް ގިނައިން ބައި އިލެކްޝަންތައް ބާއްވަން ޖެހުމަކީ އިލެކްޝަންސް ކޮމިޝަނުގެ ކަންބޮޑުވުމެކެވެ.
އީސީން މިއަދު ބުނީ އެ ބައި އިލެކްޝަންތައް ބާއްވަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ.
ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ ހދ. ފިނޭ، ށ. މާއުނގޫދޫ، ރ. މީދޫ، ކ. ދިއްފުށި، ލ. މާމެންދޫ އެވެ. ދެން ބައި އިލެކްޝަން ބާއްވަނީ ތ. ގާދިއްފުށި، ފ. ބިލެއްދޫ، މ. ވޭވަށް އަދި ގދ. ވާދޫ އާއި ފިޔޯރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި އެވެ.
މި ބައި އިލެކްޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 17 ވަނަ ދުވަހު އެވެ.
އަންނަ މަހުވެސް ހަ ރަށެއްގައި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
އަދި މިމަހު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް