ހައްޖާއި ޢުމްރާގެ ޗެކްލިސްޓް ފުރިހަމަކޮށްލަމާ

ކައުބަތުالله ގެފުޅަށް ޙައްޖު ނުވަތަ ޢުމްރާގެ އަޅުކަން އަދާކުރުމަކީ މާއްދީ އަދި ރޫހަނީ ގޮތުން ވެސް ބޮޑު ދަތުރެކެވެ. ނަފްސަށް އުފަލާއި ހިތްހަމަޖެހުމާއި ސާފުކަން ގެނެސްދޭ ދަތުރެކެވެ. އުފާވެރި ހަނދާންތަކެ...

02 Apr 2023 | 06:10

ކައުބަތުالله ގެފުޅަށް ޙައްޖު ނުވަތަ ޢުމްރާގެ އަޅުކަން އަދާކުރުމަކީ މާއްދީ އަދި ރޫހަނީ ގޮތުން ވެސް ބޮޑު ދަތުރެކެވެ. ނަފްސަށް އުފަލާއި ހިތްހަމަޖެހުމާއި ސާފުކަން ގެނެސްދޭ ދަތުރެކެވެ. އުފާވެރި ހަނދާންތަކެއްގެ ދަތުރެކެވެ. އެ ދަތުރުގެ ޒަރިއްޔާއިން އެންމެ ފުރިހަމަ ރޫހާނީ ހިތްހަމަޖެހުން ލިބިގަތުމަށް ޓަކައި، މާއްދީ ކަންކަން ވެސް ހަމައަކަށް އެޅިފައި އޮތުމަކީ މޮޅު ގޮތެކެވެ.

ޙައްޖު ނުވަތަ ޢުމްރާއަށް ސައުދީ ޢަރަބިއްޔާއަށް ދާނީ މުހިންމު މުދާތަކެއް ވެސް ހިފައިގެންނެވެ. ތިމާގެ ފޮށިތަންމައްޗާއި، ޕާސްޕޯޓާއި، އެކިއެކި ހަރަދުތައް ހަމަޖެއްސުމަށާއި ރާއްޖޭގައި ތިބި އާއިލާގެ ލޮބުވެތި މެމްބަރުންނަށް ހަދިޔާ ގަނެދިނުމަށް ޓަކައި ހޭދަކުރާނެ ފައިސާއެވެ. މިއިން އެއްޗެއް ދަތުރުމަތީގައި ގެއްލިއްޖެ ނަމަ އެކަމުގެ ފިކުރު، ދަތުރުގެ ބާކީ އޮތް މުއްދަތުގައި ކުރެވިދާނެއެވެ.

އެހެންކަމުން މިފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ތައްޔާރުވެ، އަޔާދީ ތަކާފުލްގެ ޙައްޖު އެންޑް ޢުމްރާ ޕްލޭނެއް ވެސް ހައްޖާއި ޢުމްރާގެ ޗެކްލިސްޓަށް އިތުރުކޮށްލައްވާށެވެ. މިއީ އެކަންކަމުގެ ހައްލެވެ.

މިސާލަކަށް، ޙައްޖަށް ނުވަތަ ޢުމްރާއަށް ފުރައިގެން ސައުދީއަށް ދެވޭ އިރު ކޮންމެވެސް ސަބަބަކާ ހެދި ތިމާގެ ލަގެޖު ގެއްލިފައިވާ ނަމަ އެ ކުރިމަތިވަނީ ބޮޑު ގެއްލުމަކާއެވެ. ރާއްޖެއިން ގެނައި ތިމާގެ ހުރިހާ އަންނައުނަކާއި އެހެނިހެން ސާމާނާއެކު ފޮށި ގެއްލުނީމަ، އެކިއެކި ބޭނުންތައް ފުއްދުމަށް އަނެއްކާ ވެސް އިތުރު ހަރަދެއް ކުރަން ޖެހިދާނެއެވެ. އެކަމަކު އަޔާދީގެ ޕްލޭނުގެ ދަށުން މި ހާލަތުގައި 15,000 ރުފިޔާއާއި ހަމައަށް ބަދަލު ލިބޭނެއެވެ.

މީގެ އިތުރުން އެއާލައިނާއި ހަވާލުކޮށްފައި ޗެކްއިންގައި ދޫކޮށްލާ ލަގެޖު އައުން ލަސްވެއްޖެ ނަމަ، ލަސްވާ ކޮންމެ 12 ގަޑިއިރަކަށް 800 ރުފިޔާގެ މަގުން، 2,400 ރުފިޔާއާ ހަމައަށް ތިމާއަށް ބަދަލު ލިބޭނެއެވެ. ލަގެޖު ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ ދައްޗާއި ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ.

ޕާސްޕޯޓަކީ ބައިނަލްއަގުވާމީ ދަތުރުތައް އެޔާ ނުލައި ނުކުރެވޭ، ވަރަށް މުހިންމު ލިޔެކިޔުމަކަށް ވާ އިރު، ޕާސްޕޯޓު ގެއްލިއްޖެ ނަމަ އެނބުރި ގައުމަށް އައުމަށް ވެސް ތަކުލީފާ ކުރިމަތިލާން ޖެހިދާނެއެވެ. ޙައްޖު/ޢުމްރާގެ ދަތުރުމަތީގައި ޕާސްޕޯޓު ގެއްލިއްޖެ ނަމަ އެކަމަށް އަޔާދީއިން 1,500 ރުފިޔާއާއި ހަމައަށް ބަދަލު ދޭނެއެވެ. ސައުދީގައި ހުންނަ ދިވެހި އެމްބަސީ ނުވަތަ ކޮންސިއުލޭޓު މެދުވެރިކޮށް ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއް ހެދުން ފަދަ އެހެން ގޮތެއް ހަމަޖެއްސުމަށް އެ ފައިސާގެ ބޭނުން ކުރެވިދާނެއެވެ.

އަދި ހަމަ އެއާއެކު، ގާތްމީހުންނަށް ހަދިޔާ ގަތުމަށާއި އެފަދަ އެކި ބޭނުންތަކަށް ގެންދާ ފައިސާ، ދަތުރުމަތީގައި ގެއްލިއްޖެ ނަމަ އެކަމުގެ ބަދަލުގައި މި ޕްލޭނުން 5,000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ.

ކުރު ގޮތަކަށް ބުނާ ނަމަ، އަޔާދީގެ ޙައްޖު/ޢުމްރާ ތަކާފުލް ޕްލޭނެއް ނަންގަވައިލައްވައިގެން ޙައްޖު ނުވަތަ ޢުމްރާއަށް ދިއުމަކީ ގިނަ ކަންތައްތަކަކަށް ފިކުރު ކުރުމުން ދުރުކޮށްދޭން އެހީތެރިވެދޭނެ ކަމެއްކަން ޔަގީނެވެ. އުނދަގޫ ހާލަތެއް މެދުވެރިވެ، މާލީ ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ އަޔާދީ ތަކާފުލްގެ އެހީތެރިކަން ލިބޭނެއެވެ.

ޙައްޖަށް ނުވަތަ ޢުމްރާއަށް ވަޑައިގަތުމުގެ ކުރިން, އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އަޔާދީގެ ޙައްޖު އެންޑް ޢުމްރާ ތަކާފުލް ޕްލޭނެއް ނަންގަވާލައްވާށެވެ.

ފުޓަރ ނޯޓް: އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އާސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް