ކައިޒީން (ކައި) އަށް ޕާސަނަލް ސެކިއުރިޓީ ފޯރުކޮށްދީފައިނުވާނެކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މާރިޗް 29 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ބޭއްވި ކައިގެ އުފަންދުވަހުގެ ހަރަކާތުގައި ކައި އަށް ފުލުހުން ސެކިއުރިޓީ ފޯރުކޮށްދިނީ ކޮން އުސޫލަކުންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބުދެމުންނެވެ.
ފުލުހުން ބުނެފައިވަނީ މާރިޗް 29 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ހަވާ އެރުވި އިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ހަވާ އަރުވާ މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާތީ، އާންމު އުސޫލުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް