މާލޭގެ ހުރިހާ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކޮށްފި

މާލެ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކޮށް ނިންމައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އާންމު ޚިދުމަތްތަކާއި ބެހޭ ބައިގެ މަސައްކަތްތަކުގެ ތެރެއިން މި ...

02 Apr 2022 | 14:35

މާލެ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކޮށް ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އާންމު ޚިދުމަތްތަކާއި ބެހޭ ބައިގެ މަސައްކަތްތަކުގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިތުރު ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަމުން ކަމަށެވެ.

ސްޕީޑް ބްރޭކަރުތަކުގެ މަސައްކަތް ތަފްޞީލް ކޮށްދެއްވަމުން ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއިބެހޭ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް ހެދުނު ސްޕީޑް ބްރޭކަރު ހިމަނައިގެން 323 ސްޕީޑް ބްރޭކަރުގައި ވަނީ ދަވާދު އާކޮށް ނިމިފައި ކަމަށެވެ.

މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރޭމްޕް ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކާމިޔާބު ކަމާއެކު ކުރެވެމުންނެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރު ފެށުނުފަހުން މިއަދާއި ހަމަޔަށް މުޅިން އަލަށް 103 ރޭމްޕް ހެދިފައިވާ ކަމަށްވެސް ރަމީޒް ގެ ޓްވީޓްގައި ވިދާޅުވިއެވެ.

މި މަސައްކަތްތަކާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއިބެހޭ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ މިއީ ބުރަ މަސައްކަތް ތަކެއް ނަމަވެސް މުވައްޒަފުންގެ ހިތްވަރާއި އެކު ރޯދައިގެ ކުރިން މިކަން ނިންމާލެވުމަކީ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް