އެެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް!

އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން އަގު ހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ. މި ޕްރޮމޯޝަން އަކީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން...

02 Apr 2022 | 10:25

އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން އަގު ހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.

މި ޕްރޮމޯޝަން އަކީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ޕްރޮމޯޝަންއެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުން ހާއްސަ ދެ އިނާމެއް ލިބޭނެ އެވެ.

އެގޮތުން ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ތުރުކީ ދެކޮޅު ޓިކެޓާއި1،000 ޑޮލަރު ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯނު13 ޕްރޯއެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އިއްޔެއިން ފެށިގެން އަންނަ މެއި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެކްސްކުލޫސިވްކޮށް އެމެރިކަން އެކްސްޕްރެސް ހިދުމަތްދެމުންދާ ބޭންކްވެސްމެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް