އިންޑިއާއިން 40 ހާސް ޓަނުގެ ޑިސަލް ލަންކާއަށް ފޮނުވައިފި

އިގްތިސޯދު އިނދަޖެހިފައިވާ ސްރީލަންކާއަށް އިންޑިއާއިން ޑިސަލް ފޮނުވައިދީފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ އެ ގައުމުން ވަނީ ލަންކާއަށް40،000 ޓަނުގެ ޑީސަލް ފޮނުވާފަ އެވެ. މި އެހީއަކީ ދެ ގައުމުގެ ދ...

02 Apr 2022 | 09:44

އިގްތިސޯދު އިނދަޖެހިފައިވާ ސްރީލަންކާއަށް އިންޑިއާއިން ޑިސަލް ފޮނުވައިދީފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ އެ ގައުމުން ވަނީ ލަންކާއަށް40،000 ޓަނުގެ ޑީސަލް ފޮނުވާފަ އެވެ. މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި މިދިޔަ މަހު ސޮއި ކުރި އިތުރު 500 މިލިއަން ޑޮލަރުގެ ތެލުގެ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިން އެހީ އެވެ.

މި ޑިސަލް ވަނީ އިއްޔެ ހަވީރުން ފެށިގެން އެގައުމުގެ އެ ސަރަައްދުތަކުގައި ހުރި ތެޔޮ ސްޓޭޝަންތަކަށް ފޯރުކޮށްދޭން ފަށާފަ އެވެ. ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނީ އަލުން ޑިސަލް ފޮނުވަން ފެށިފަ މިވަނީ ރިޒާވް ހުސްވެ ޑިސަލް ސްޓޭޝަންތަކަށް ނުފޮނުވާތާ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ.

މި އެހީގެ އިތުރުން އިންޑިއާއިން ވަރަށް އަވަހަށް އެ ގައުމަށް ހަނޑޫގެ އެހީ ފޮނުވުމަށް ހަމަޖެހިފައިވެ އެވެ. މި އެހީ އަކީ މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ސޮއި ކުރި އެއް ބިލިއަން ޑޮލަރުގެ ލޯން އެއްބަސްވުމުގެ ދަށުން ފޮނުވާ ތަކެއްޗެވެ.

ހަނޑޫ އާއި އެކު އިންޑިއާއިން ފޯރުކޮށްދޭ ކާބޯތަކެތީގެ ސަބަބުން މިދިޔަ އަހަރެއްހާ ދުވަހު ލަންކާގައި އުފުލެމުންދިޔަ ތަކެތީގެ އަގު ދަށްވާން ފަށާނެ އެވެ. ޑިސަލްގެ އެހީ ފޯރުކޮށްދީފައި މިވަނީ ލަންކާއަށް ބޭނުންވާ ވަރަސް ކަރަންޓު ފޯރުކޮށްދެވެން ނެތުމުން ކޮންމެ ދުވަހަކު13 ގަޑިއިރަށް ކަރަންޓު ކަނޑަން ފަށާފއި ވަނިކޮށެވެ.

މި މައްސަލައިަ ލަންކާގެ ރައީސް ގޮއިބަތާ ރާޖަޕަކްސާގެ ގެކޮޅު ކުރަމަތީގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާތައް ކޮންޓްރޯލް ނުކުރެވި އިތުރަށް ފުޅާވަމުން ދަނީ ރޭގެ ވަގުތެއްގައި އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

މިއީ 1949 ވަނަ އަހަރު އިނގިރޭސީންގެ އަތުން ސްރީލަންކާ މިނިވަންވީ ފަހުން އެ ގައުމުގެ 22 މިލިއަން މީހުން ތަޖްރިބާކުރަމުންދާ އިގްތިސާދީ އެންމެ ހިތްދަތި ދުވަސްވަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް