ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭފަދަ އޮފާތަކަކާއެކު، ދިރާގު ރޯދާ އޮފާތައް ތަޢާރަފްކޮށްފިއެވެ.
އެގޮތުން ދިރާގުން ތައާރަފްކުރި އޮފާތަކުގެ ތެރެއިން ރަމަޟާން މަހު ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް 50 ޕަސެންޓު ޑޭޓާ މި މަހުގެ ނިޔަލަށް ލިބިގެންދާނެއެވެ.
ފައިބާ ކަސްޓަމަރުންގެ އިތުރުން މޯބައިލް ކަސްޓަމަރުންނަށް ވެސް ޙާއްޞަ އޮފާތަކެއް ވަނީ ތަޢާރަފްކޮށްފައެވެ.
މިގޮތުން:
1. ދިރާގު މޯބައިލް އެޕުން ޑޭޓާ ހަދިޔާކުރުމުން 100 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ
2. ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާ ބަންދެއްގައި ހިލޭ ދެ ޖީބީ ޑޭޓާ
3. އަމިއްލަ ވޮއިސް ޕްލަސް ޕްލޭނުން 50 ޕަސެންޓް ޑިސްކައުންޓު
މީގެ އިތުރުން ދިރާގުން ބުނީ ރޯދަ މަހަކީ ޓީވީ ބެލުން އިތުރު މަހަކަށް ވާތީ، ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ޚާއްޞަ އޮފާއެއް ވެސް ތައާރަފްކޮށްފައިވާ ކަމަށެވެ.
އެގޮތުން ކަސްޓަމަރުންނަށް އިތުރު ޗާޖަކާ ނުލާ އިތުރު ޗެނަލްތައް ހިލޭ ބެލޭނެއެވެ. ހަމައެހެންމެ "ގޯލްޑް ޕެކް" ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަކަށް ރޯދަ ވީއްލުމުގެ ޕެކޭޖެއް ލިބޭނެއެވެ.
އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ދިރާގު ޕޭ މެދުވެރިކޮށް، ފިތުރު ޒަކާތް ދައްކާލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް