ކޮވިޑުގެ ބަލިމަޑުކަމުގައި ދެ ރޯދަމަހެއް ގާތްގަނޑަކަށްހެން ގޭގައި ހޭދަކުރުމަށްފަހު އަލުން ރޯދަމަހަކާ ކުރިމަތިލައި ރޯދައިގެ އާދަކާދައާ ދިވެހިން ކުރިމަތިލާއިރު އެންމެ ގިނައިން ކުރެވޭ އެއް ކަމަކީ ރޯދައަށް ބޭނުންވާ ސާމާނު ގަތުމެވެ.
ބަދިގެއަށް ބޭނުންވާ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނެވެ. އާއިލާއެކުގައި ވަގުތު ހޭދަކުރުމުގައްޔާއި މުނިފޫހިފިލުވުމުގައި ބޭނުންކުރާ ސާމާނެވެ.
މި ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ތަނަކީ ފަތަހައިގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ފިހާރަތަކެވެ. ފަތަހަ މޯލްއިން ފެށިގެން ފަތަހަ ހޯމް އިމްްޕްރޫވްމަންތް، ފަތަހަ ސްޓާރ، ފަތަހަ ސުންބުލި އަދި ފަހަތަ ސްކައި އެވެ.
ފަތަހައަކީ ރާއްޖޭގައި އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ގިނަ ސާމާނާއި ދިވެހި އުފެއްދުންތައް ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް ދިވެހިންގެ އިތުބާރު ހޯދާ އެ އިތުބާރު ދަމަހައްޓަމުން އަންނަ ޝޮޕިންގ ޗެއިންއެކެވެ.
ފަތަހައިގެ ކުޑައިގެ ދަށުން އެންމެ ފާހަގަަކޮށްލެވޭ އެއް ފިހާރައަކީ ފަތަހަ މޯލެވެ.
މާވެޔޮމަގުގައި ހުންނަ ފަތަަހަ މޯލް، ތިން ފަންގިފިލާއަށް ހަދާ ކަސްޓަމަރުންނަށް ފަސޭހަވާނޭހެން ލިފްޓް ހަރުކޮށްފައިވާއިރު އެ ފިހާރައިން ރޯދަމަހަށް ބޭނުންވާ ސާމާނު ނަން ހުސްކޮށް ލިބެން ހުރެއެވެ.
ކާރުބާރުބޮޑު މާލޭގެ މަގުތަކުގައި ވިޔަފާރި ކުރުމަކީ ދަތި އުނދަގޫކަމަކަށް އޮންނަނީ ވެފައެވެ. ފަތަހަ މޯލަކީ އެއްތަނަކުން ބަދިގެއަށް ބޭނުންވާ ސާމާނު ލިބޭނެ ފިހާރައެކެވެ.
ރޯދަމަހަށް ހާއްސަކޮށް ފަތަހައިގެ ފިހާރަތަކުގައި މުދަލުގެ ވައްތަރުތައް އިތުރުކޮށްފައިވާއިރު ބަދިގޭ ސާމާނުގެ އިތުރުން ގިނަ ބްރޭންޑްތަކުގެ މުދާ ލިބެއެވެ. ތެލި، ތާސް، ތަށި އެކި ވައްތަރުގެ ހުނިގޮނޑި، ދޭފަތް، އޫ ސަމްސާ މިހެންގޮސް ނަން ހުސްކޮށް ލިބެން ހުރެއެވެ.
މިކްސަރ، ބްލެންޑަރ، އަވަން، މައިކްރޯވޭވް އަވަން، ސޭންޑްވިޗް މޭކާ، އިލެކްޓްރިކް ކެޓްލް ފަދަ ހޯމް އެޕްލަޔަންސަށްސްވެސް ފަތަހަ ފިހާރަތަކުން ލިބެއެވެ.
ފަތަހަ މޯލްއިން އިތުރަށް ލިބެން ހުރި މުދަލުގެ ތެރޭގައި، ފޮޅާ ސާފުކުރުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. މިގޮތުން ފިހިގަނޑާއި، މޮޕްގެ އެކި ވައްތަރުތަކާއި ސާފުކުރަން ބޭނުންވާ ލިކުއިޑް ޕްރޮޑަކްޓްތަކުގެ އިތުރުން އެކި ސައިޒުގެ ޑަސްބިނާއި ލޯންޑްރީ ބާސްކެޓްވެސް ލިބެން ހުރެއެވެ.
ރޯދައަށް ތިބެ އާއިލާއެކުގައި ހޭދަކޮށްލާ ވަގުތުތަކަކީ ރޯދަކުރުކުރުމަށް އާއިލާގެ މެންބަރުންނާއި ރައްޓެހި ރަހުމަތްތެރިންގެ މެދުގައި އެކި ކަަަހަލަ ކުޅިވަރުތައް ކުޅެ އުޅޭ މަހެއްވެސް މެއެވެ. ފަތަހައިގެ ފިހާރަތަކުން މިފަދަ ސާމާނުތައްވެސް ލިބެން ހުރެއެވެ. ތާސްބައި، އޮނޯ، ރާޒުވާ ބޯޑާއި ކުޅިބައި، ކެރަމްބޯޑާއި ފޮތިބައި އަދި ކެރަމް ބޯޑަށް އަޅާ ފުުށުގެ އިތުރުން އޮއްވަޅުގޮނޑިވެސް ލިބެން ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް