މާރުކޭޓް އަގުތައް: ކަނޑޫދޫ މިރުސް ކިލޯއެއް 700 ރުފިޔާ އަށް

މާރުކޭޓު ގޮޅިތަކުގައި ކަނޑޫދޫ މިރުސް 100 ގްރާމް މިއަދު ހުރީ 65 ރުފިޔާއާއި 70 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މިއީ މިދިޔަ އަހަރުގެ ރަމަޟާން މަހާއި އަޅާބަލާއިރު އަދި ހެޔޮ އަގެކެވެ. މިދިޔަ އަހަރުގެ ރަމ...

02 Apr 2022 | 08:12

މާރުކޭޓު ގޮޅިތަކުގައި ކަނޑޫދޫ މިރުސް 100 ގްރާމް މިއަދު ހުރީ 65 ރުފިޔާއާއި 70 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

މިއީ މިދިޔަ އަހަރުގެ ރަމަޟާން މަހާއި އަޅާބަލާއިރު އަދި ހެޔޮ އަގެކެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު ކަނޑޫދޫ މިރުސް 100 ގްރާމްގެ އަގު 200 އަށްވެސް އަރައިގެންދިޔައެވެ.

ބާޒާރުގައި ކަނޑޫދޫ މިރުސް 100 ގްރާމް 70 އަށް ލިބެންުހުރިއިރު މިރުސް އަދި އެހާ ތިޔާގިނޫންކަން ފާހަގަކޮށްލެވެއެވެ. ބައެއް ގޮޅިވެރިން ބުނަނީ އަދި ސްޓޮކް ނާންނަނީ ކަމަށެވެ. އައުމުން އަގު ހެޔޮވުންވެސް އެކަށީގެންވާކަމަށެވެ.

ބާޒާރުމަތިން އެހެނިހެން ތަކެތީގެ އަގުތަަކަށް ބަލާލާއިރު ތޮއްޑޫ ކަރާ ކިލޯއެއް ލިބެނީ 25 ރުފިޔާއަށެވެ. ތޮއްޑޫ ރީނދޫ ކަރާ ކިލޯއެއް ލިބެނީ 35 ރުފިޔާއަށެވެ. ލުނބޯ ކިލޯއެއް 110 ރުފިޔާ 120 ރުފިޔާއަށްހުރި އިރު ޕެޝަން ފްރުޓް ކިލޯއެއް ލިބެނީ 90 ރުފިޔާ 100 ރުފިޔާއަށެވެ. ބޭރު މިރުސް 100 ގްރާމް 35 ރުފިޔާއަށް ލިބެއެވެ.

ކޮޕީފަތް ކުއްޅަފިލާފަތް ހިކަނދިފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބެއެވެ. ކުރުނބާ 25 އާއި 35 އާއި ދެމެދުގައި ހުރި އިރު ކުރުނބާ ފުޅިއެއް ލިބެނީ 100 ރުފިޔާއަށްވުރެ ބޮޑުކޮށެވެ. 15 ރުފިޔާއަށް ކަށިކެޔޮ ދެ ވަށް ލިބެންހުރި އިރު ބަނބުކެޔޮ ލިބެން ހުރީ ކިލޯއެއް 100 ރުފިޔާގެ މަގުންނެވެ.

މަސް މާރުކޭޓްގެ އަގުތަކަށް ބަލާލާއިރު ކަޅުބިލަމަސް ކިލޯއެއް 50 އާއި 60 ރުފިޔާއާއި ދެމެދުގެ އަގެއްގައި ލިބެންހުރިއިރު ކަންނެލި ކިލޯއެއް ލިބެނީ 75 ރުފިޔާއަށެވެ. ފިހެލަން ހެޔޮވަރު މުޑަހަނދި 80 އާއި 100 އާއި ދެމެދުގެ އަގުތަކުގައި ހުރި އިރު ހެޔޮވަރު ރަތްމަހެއްގެ އަގު އުޅެނީ 250 އިން މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް