ބަންގްލަދޭޝްގެ "ނިމްޝާ" ލުނބޯ ގެނެސްގެނެވެސް ލުނބޯ އަގު ހެވެއް ނުވި !

މި ރޯދަމަސް ފެށުނު އިރު އަގު އެންމެ މަތީގައި ހުރި އެއްޗަކީ ލުނބޮއެވެ. ކިލޯއެއްގެ އަގު މިއަދުވެސް ހުރީ 110 ރުފިޔާއާއި 120 ރުފިޔާއާއި ދެމެދުގައެވެ. ބާޒާރުގައި، ހާއްސަގޮތެއްގައި މާރުކޭޓުގެ ގޮޅިތަކުގައި ތ...

02 Apr 2022 | 07:32

މި ރޯދަމަސް ފެށުނު އިރު އަގު އެންމެ މަތީގައި ހުރި އެއްޗަކީ ލުނބޮއެވެ. ކިލޯއެއްގެ އަގު މިއަދުވެސް ހުރީ 110 ރުފިޔާއާއި 120 ރުފިޔާއާއި ދެމެދުގައެވެ.

ބާޒާރުގައި، ހާއްސަގޮތެއްގައި މާރުކޭޓުގެ ގޮޅިތަކުގައި ތަފާތު އެހެން ވައްތަރެއްގެ ލުނބޮއެއްވެސް މިއަދު ވިއްކަން އެބަ ހުއްޓެވެ. ގޮޅިތަކުގައި ވިއްކަން ތިބި މީހުން އެއަށް ކިޔަނީ "ނިމްޝާ" ލުނބޮއެވެ. ބައެއް ގޮޅިތަކުން އެއީ ބަންގްލަދޭޝްއިން ގެންނަ ލުނބޯކަމަށްވެސް ބުނެއެވެ. ނަމަވެސް އެއީ ބަންގްލަދޭޝް ބައެއް މީހުން މި ލުނބޮއަށް "ވަމްޝާ" ލުނބޯ ކިޔާތީ ވިއްކާ މީހުންނަށް ހީވިގޮތެއް ކަމަށް ވެދާނެއެވެ. ނަމަވެސް ގޮޅިތަކުގައި ތިބި މީހުން ތިބީ މި ލުނބޮއަށް އެ ނަން ކިޔާ ނިންމައިގެންނެވެ.

މިވައްތަރުގެ ލުނބޯ ކިލޯއެއްވެސް މާރުކޭޓު ގޮޅިތަކުގައި ވިއްކަންހުރީ ހަަމަ ގާތްގަނޑަކަށް އެއް އަގެއްގައެވެ. ކިލޯއެއް 100 އިން ދަށަކުން ލިބޭކަށް ނެތެވެ.

ވިޔަފާރިވެރިން ބުނެފައިވާގޮތުގައި ލުނބޯގެ އަގު މިހާމައްޗަށް އުފުލިގެންދިޔައީ ކަނޑުމަގުން ލުނބޯ ނުގެނެވި އެއާފްރައިޓުން ގެނައުމުންނެވެ. މިހާރު ކަނޑުމަގުން ގެނެސްފައިވާ ލުނބޯގެ ސްޓޮކް ބާޒާރަށް އައުމުން ލުނބޯގެ އަގު ދަށްވާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް