ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަން، ބައްޕަގެ ބަޑި ވަގަށް ނަގައިގެން ދެ ފަހަރު ހައްޔަރު ކުރި ކަމަށް އޭނާ ބުނެފި އެވެ.
އަޖޭ ކުރި މި ކުށުގެ ވާހަކަ އަމިއްލައަށް ނޫހަކަށް ކިޔައިދިނީ މީގެ އަހަރުތަކެއް ކުރިންނެވެ. އިއްޔެ ފާހަގަ ކުރި އަޖޭގެ53 ވަނަ އުފަން ދުވަހާއި އެކު އަނެއްކާވެސް މި މަޖާ ވާހަކަ ވަނީ ނޫސްތަކުން ޖާގަ ހޯދާފަ އެވެ.
އަޖޭ އެ އިންޓަވިއުގައި ބުނީ ދެ ފަހަރުވެސް ބަޑި ވަގަށް ނެގީ ކޮލެޖު ދުވަސް ވަރު ކަމަށެވެ. ފުލުހުންނާއި ހަވާލު ކުރީ ބައްޕައަށް ނޭނގި ބަޑި ނެގުމުން ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ.
ޒުވާން ދުވަސްވަރު ބައްޕަގެ ބަޑި ވަގަށް ނެގި އަޖޭ ބޮލީވުޑްގައި މަޝްހޫރީ އެކްޝަން ފިލްމުތައް ކުޅުމަށެވެ. އަޖޭގެ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި "ސިންގަމް"، "ސިންގަމް ރިޓާން" ފަދަ ކާޟިޔާބު ފިލްމުތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް