ހުރިހާ ރަށަކަށް އޮންލައިންކޮށް ފައިސާ ދެއްކޭގޮތަށް ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި

1443 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގެން...

02 Apr 2022 | 05:11

1443 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގެންނަމުންދާނެ ކަމަށެވެ. އަތޮޅު ތެރޭގައި ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.

މާލެއެކޭ އެއްގޮތަށް މިއަހަރު އަތޮޅުތެރޭގެ ރަށްތަކަށްވެސް އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އޮންލައިންކޮށް ފައިސާ ދައްކާ ރަށަކަށް އެ ފައިސާ މިނިސްޓްރީން ރައްދުކޮށްދޭނެ ކަމަށެވެ.

މިއަހަރު އޮންލައިންކޮށް ޒަކާތް ދެއްކޭނޭނީ

ދިރާގު: ވެބްސައިޓު، ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް

އުރީދޫ: އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް

ބީއެމްއެލް: ވެބްސައިޓު މެދުވެރިކޮށް

އެމްއައިބީ: ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުން

ފަހިޕޭ: އެޕްލިކޭޝަން މެދުވެރިކޮށް

ބަނޑޭރި ޕޯޓަލް: ފިނޭންސް މިނިސްޓްރީ

މިއަހަރު ފިތުރު ޒަކާތް ބަލައިގެންނަމުން ދަނީ އެ ރަށެއްގައި ބަނޑު ކެއުމެއްގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމަށް ވާ އަގެވެ.

ޒަކާތުގެ ގޮތުގައި ފައިސާ ދައްކަން ޖެހެނީ:

އާދައިގެ ހަނޑޫ: 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ: 77 ރުފިޔާ

ރަތް ހަނޑޫ: 72 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު): 90 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 132 ރުފިޔާ

އާދައިގެ ފުށް: 12 ރުފިޔާ

އާޓާ ފުށް: 75 ރުފިޔާ

މިނިސްޓްރީން ބުނީ އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް މާލޭގައި ނަމަ އެ މިނިސްޓްރީއަށް އަދި އަތޮޅުތެރެއިން ރަށު ކައުންސިލް އިދާރާއަށް ގޮސް ޒަކާތް ދެއްކޭނެ ކަމަށެވެ. މިނިސްޓްރީގައި އެ އިންތިޒާމް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ބަންދު ނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 1:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް