އަވައްޓެރި ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.
މި ހާލަތު އިއުލާނުކޮށްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެ ގައުމުގެ ރައީސް ގޮއިބަތާ ރާޖަޕަކްސާގެ ގެކޮޅު ކުރިމަތީގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތައް އިތުރަށް ފެތުރި ބޮޑުވަމުންދާތީ އެވެ. އެރޭ މުޒާހަރާތައް ފެށުމާއި އެކު ފުރަތަމަ އިއުލާނު ކުރީ ކާފިއު އެވެ.
ކުއްލި ހާލަތު އިއުލާނުކޮށް ގޮއިމަތާ ނެރުއްވި ބަޔާނުގައި ވިދާޅުވީ އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އަސާސީ ޚިދުމަތްތަކަށް ބުރުލެއް ނާރަ ފޯރުކޮށްދިނުމަށް ކުއްލި ހާލަތު އިއުލާނު ކުރީ ކަމަށެވެ.
ކުއްލި ހާލަތު އިއުލާންކުރުމާ ގުޅިގެން، ހަމަނުޖެހުން ހިންގަން އުޅޭކަމަށް ތުހުމަތު ކުރެވޭ މީހުން ހިފައި ހައްޔަރުކޮށް، ދިގު މުއްދަތެއްގައި ބޭތިއްބުމުގެ ބާރު ސަލާމަތީ ފަރާތްތަކަށް ލިބިގެންވެ އެވެ.
މުޒާހަރާތައް ހޫނުވެ ސަރުކާރުގެ އުޅަނދުތަކުގައި ދަނީ ހުޅުޖަހަމުންނެވެ.
މިއީ 1949 ވަނަ އަހަރު އިނގިރޭސީންގެ އަތުން ސްރީލަންކާ މިނިވަންވީ ފަހުން އެ ގައުމުގެ 22 މިލިއަން މީހުން ތަޖްރިބާކުރަމުންދާ އިގްތިސާދީ އެންމެ ހިތްދަތި ދުވަސްވަރެވެ.
ޖެހި ޖެހިގެން ތިން މަހު ތަކެތީގެ އަގު ބޮޑު ގައުމު ވަނީ ތެލަށް ޖެހިފަ އެވެ. މައްސަލަތަކަށް އިތުރު ހައްލެއް ނުލިބިގެން މިދިޔަ ބުރާސް ފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު13 ގަޑިއިރަށް މުޅި ލަންކާއިން ދަނީ ކަރަންޓު ކަނޑަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް