ނިލަންދޫ އަށާއި ދ އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރު ކޮށްފި

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ފ. ނިލަންދޫ އަށާއި ދ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ނިލަންދޫގައި މަ...

02 Apr 2017 | 18:07

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ފ. ނިލަންދޫ އަށާއި ދ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ނިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި މި ދެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 42 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުންގެ ތެރެއިން 42 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު 14:35 ހާއިރު ޑިންގީއެއްގައި ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ ދަތުރުކުރި ޑިންގީ ބަލައިފާސްކުރިއިރު ޑިންގީ ކައިރި މޫދުތެރެއިން ފެނުނު ފެންހުސްކުރި ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި ޑިންގީގެ ވަތުތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވާކަމުގައި ފުލުހުން ބުނެ އެވެ.

24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދ. އަތޮޅުގެ ރިސޯޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅީގެން މާޗް މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ގަމީހުގެ ކުރިމަތީ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމުގައި ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައިވާކަމަށާއި އެގޮތުން 31 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު 24 އަހަރުގެ މީހާއަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް