ރައީސް މައުމޫން އާއި އެމްޑީޕީގެ ލީޑަރު ރައީސް ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން އަބްދުﷲ ގުޅިވަޑައިގެން އެކުލަވާލާފައިވާ އިދިކޮޅު ކޯލީޝަނާއި ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ މަޖިލިސް މެމެބަރު ސައުދު ހުސެއިން ނިންމަވައިފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ އެމްޕީ ސައުދު ރާއްޖެޓީވީގެ 60 މިނެޓް ޕްރޮރާމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގއ ވިލިގިނލި ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ މެމްބަރު ސައުދު ހުސެއިން، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރައީސް މައުމޫން ފައްޓަވާފައިވާ މަސަތްކަތްޕުޅާއިގެން ކުރިއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި އެކަމުގައި ސާބިތުކަންމަތީ ދެމި ހުންނަވާނޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން އަކީ ޕީޕީއެމްގެ ކޮންގްރެސް އަކުން ޕީޕީއެމްގެ އާންމު މެމްބަރުންގެ މެދުގައި ނެގިފައި އޮތް ވޯޓަކުން އިންތިހާބުކުރުވާފައި ހުންނެވި ރައީސް ކަމަށެވެ. އެހެންކަމުން ރައީސް މައުމޫނާއި ޕީޕީއެމް ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުންމަތީ ދެމިހުންނާނެ ކަމުގައި އެމްޕީ ސައުދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވުމަށް އެމްޕީ ސައުދު ނިންމަވާފައިވާކަން ހާމަކުރައްވާފައިވާއިރު މިރޭ އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައުމޫން އަކީ ޕީޕީއެމް ކަމަށާއި އަދި ޕީޕީއެމް އަކީ މައުމޫން ކަމަށެވެ. އަދި މައުމޫން ގެ ހިދުމަތް ދިވެހި ގައުމުން ފޮހެ ނުލެއްވޭނެ ކަމަށެވެ. އަދި ފުރަތަމަ ދިވެހި ގައުމު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް