ތަފާތު އެކިދުވަސްމަތިން ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގޯނާ ކޮއްފައިވާކިމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުޤީޤު ކުރަން ފަށައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮއްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ކޯޓު އަމުރެއްގެ ދަށުން ގެނެސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 17:19 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރު ކޮއްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް