ވ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ. މެޓް އޮފީހުން މީގެ ކުޑަ އިރުކޮޅެއް ކުރިން ނެރެފައިވ...

02 Apr 2017 | 09:57

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މީގެ ކުޑަ އިރުކޮޅެއް ކުރިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދު މެންދުރުފަހު 2:00 އާއި މިރޭ 8:00 އާއި ދެމެދުގެ ވަގުތުތަކުގައި ވ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.

ވ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު އިއްޔެގެ އެކި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހިފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް