އޯޓިޒަމަށް ހޭލުން ތެރި ކުރުވުން މި މަސް ނިމެންދެން ކުރިޔަށް ގެންދަނީ

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އޯޓިޒަމް ކުދިންގެ ދުވަހާއި ގުޅިގެން މި މަސް ނިމެންދެން އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދާނެ ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެފި...

02 Apr 2017 | 09:20

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އޯޓިޒަމް ކުދިންގެ ދުވަހާއި ގުޅިގެން މި މަސް ނިމެންދެން އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދާނެ ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން ވަނީ އެދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ މާލެ ވަށާ ފަސް ކިލޯ މީޓަރުގެ ދުވުމެއް ކުރިޔަށް ގެންގޮސްފައި އެވެ. މި މަސް ނިމެންދަން ކުރިޔަށް ގެންދާ ހަރަކާތަށް އެ ޖަމިއްޔާ ދީފައިވާ ނަމަކީ " އޯޓިޒަމް ސްކޫލްގެ ކުދިންނަށްޓަކައި އެއް ރުފިޔާ" އެވެ.

އެ ޖަމިއްޔާއިން ބުނީ މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކޮންމެ ގެއަކަށް ނުވަތަ އާއިލާއަކަށް އޯޓިޒަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި އެއްވެސް އާއިލާއެއްގައި އޯޓިސްޓިކް ކުއްޖެއް ހުރި ނަމަ އަމިއްލައަށް އެކަމެއް ދެނެގެންނާނެ ގޮތް ބުނެދިނުން ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ މިއީ އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ހަރަކާތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް