ދިވެހިންގެ ގިނަބަޔަކު ދިރިއުޅެމުންދާ އަވައްޓެރި ސްރިލަންކާގައި ސްވައިން ފުލޫ ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
ލަންކާގެ ސިއްހަތާއި ބެހޭ އިދާރާއާއި ހަވާލާދީ ދަ ސަންޑޭ ޓައިމްސް ނޫހުގައި ބުނެފައިވަނީ ފާއިތުވެ ދިޔަ ތިން މަހުގެ ތެރޭގައި ޑެންގޫ ހުން ޖެހިގެން 53 މީހަކު މަރުވެފައިވާކަމަށެވެ. މިހާތަނަށް ޑެންގޫ ހުމުގެ 27 ހާހާށްވުރެ ގިނަ ކޭސް ފެިފައިވާކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މިއާއެކު ސްރިލާންކާގެ ޑެންގޫ ކޮންޓްރޯލް ޔުނިޓުން 11 ޑިސްޓްރިކްޓް އިންޒާރު ދީފައިވާކަމަށް ދަ ސަންޑޭ ޓައިމްސްގައި ބުނެފައިވެއެވެ.
ހަލުވިކަމާއިއެކު ޑެންގޫ ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަންގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ކޮލަންބޯ، ގަންޕަހާ، ކަލުޓަރާ، ގާލީ، މަޓާރަ، ހަންބަންޓޯޓާ، ބަޓިކަލޯ، ޓްރިކޮމަލީ، ޖަފްނާ، ރަތްނާޕުރާ، އަދި ކީގާލީ ހިމެނެއެވެ.
ސްވައިން ފްލޫގެ ނުރައްކާ އޮތް މިންވަރު ކުޑަވެފައިވާކަމަށް ލަންކާގެ ސިއްހަތާއި ބެހޭ އިދާރާއިން ކުރިން ހާމަކުރިނަމަވެސް، ލަންކާގެ ސެންޓްރަލް ޕްރޮވިންސްގައި ސްވައިން ފުލޫގެ ނުރައްކާ ބޮޑުވެފައިވާކަމަށް ދަ ސަންޑޭ ޓައިމްސްގައި ބުނެފައިވެއެވެ. ލަންކާގެ ސެންޓްރަލް ޕްރޮވިންސްގެ ހެލްތް ސާރިވިސްގެ ޑިރެކްޓަރު ޑރ ޝާންތި ސަމަރާސިންހާ ދަ ސަންޑޭ ޓައިމްސްގައި ވިދާޅުވީ އެ ޕްރޮވިންސްގައި ސްވައިން ފުލޫއަށް 115 މީހަކު މިހާތަނަށް ޕޮޒިޓީވް ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ކެންޑިއާއި މަޓާލީ ޑިސްޓްރިކްޓުން 17 މީހަކަ ސްވައިން ފުލޫ ޖެހިގެން މަރުވެފައިވާކަމަށެވެ.
ސްރިލަންކާގެ ހެލްތް މިނިސްޓްރީގެ ކޮންސަލްޓެންޓް ޑރ. ސަމީތާ ގިނީޖް ވިދާޅުވީ ޑެންގޫ ހުން ފެތުރެން މެދުވެރިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ރައްކާތެރި ނޫންގޮތުގައި ކުނި ނައްތާލުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް