ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އަންހެނުން އެމީހުންގެ އެންމެ ދޮށީ ދަރި ބްރޫކްލިން ބެކަމް އާއި މެދު ފަޚުރުވެވާ ކަމަށް ބުނެފި އެވެ.
ބްރޫކްލިން ގެ ކޮލެޖް ފެށުމާއި ގުޅިގެން އޭނާ ބުނީ ބްރޫކްލިން ކުރާހިތުން ކުރާ އަދި
ޭގަޔާވާ
ކަމަކުން ކުރިޔައްދާތީ ވަރަށް ފަޚުރުވެރިވާ ކަމަށެވެ.
ކުރީގެ ސްޕައިސް ގާލް ގެ ލަވަކިޔުންތެރިޔާ އަދި މިހާރުގެ ފެޝަން ޑިޒައިނަރ ވިކްޓޯރިއާ ބުނީ ބްރޫކްލިން ކޮލެޖަށް ދިއުމުން ހަދާން ވާނެ ކަމަށެވެ. ދިއުމުގެ ކުރިން ދެމައިންނަށް ލިބުނު ވަގުތުކޮޅުގައި ދެކެވުނު ވާހަކަތަކުގައި ބްރޫކްލިން އަށްވެސް މަންމަ އާއި ދުރުގައި ހުންނަން އުނދަގޫ ކަމަށްބުނި ކަމަށެވެ.
ވިކްޓޯރިއާ އަކީ މިހާރު ހަތަރު ކުދިންގެ މަންމައެކެވެ. ބެކަމް އާއި ވިކްޓޯރިއާ ދަނީ އެދެމީހުންގެ ދަރިންނަށް ކާމިޔާބު ލިބުމުގެ ހުވަފެންތައް ދެކެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް