ކޮލަމްބިއާގެ "ޕުތްމަޔޯ" ޕްރޮވިންސްގައި ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
މަރުވެފައިވާ މީހުންގެ އިތުރުން 220 މީހުން ގެއްލި 202 މީހުން ޒަހަމްވެފައިވާ ކަމަށް ރެޑްކްރޮސް އިން ހާމަ ކުރެ އެވެ. މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮލަމްބިއާގެ ސަރުކާރުން ވަނީ 1100 ސިފައިންނާއި ފުލުހުން ހިމެނޭ ޓީމެއް ފޮނުވާފަ އެވެ.
މި ހާދިސާގައި މުޅި އެ ސަރަހައްދުގެ ބޮޑު ބަޔަކަށް ކިސަޑު ފައިބައިފައި ވާއިރު ބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށް ކޮލަމްބިއާގެ ރީޖަން ގަވަރުނަރު މީޑިޔާއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް