ހޫނު ތަވައެއްމަތީގައި ކުޑަކުއްޖެއްގެ ފައި ޖައްސައި ފިއްސާލައިފި

އެމެރިކާގައި ކުޑަކުއްޖަކު ބެލުމުގެ ޒިންމާ ނަގައިގެން ހުރި މީހަކު އެ ކުއްޖާ ފައި ހޫނު ތަވައެއްގައި ޖައްސައިފި އެވެ. މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި 36 އަހަރުގެ އިޒްމެލްޑާ ރާމޯސް ވަނީ އޭނާ ބަލަހަ...

02 Apr 2017 | 05:09

އެމެރިކާގައި ކުޑަކުއްޖަކު ބެލުމުގެ ޒިންމާ ނަގައިގެން ހުރި މީހަކު އެ ކުއްޖާ ފައި ހޫނު ތަވައެއްގައި ޖައްސައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި 36 އަހަރުގެ އިޒްމެލްޑާ ރާމޯސް ވަނީ އޭނާ ބަލަހައްޓަމުން ދިޔަ ކުޑަ ކުއްޖާ ރޯން ފެށުމުން ހުއްޓާ ނުލައިގެން ހޫނު ތަވައެއްގެ މަތީގައި އެ ކުއްޖާގެ ފައި ޖައްސައި ފިއްސާލާފައި އެވެ. އޭނާގެ އެ ކުށަށް ފަހުން ވަނީ އިއުތިރާފުވެފަ އެވެ.

އެކަމަކު ފުރަތަމަ އޭނާ އާއި ކުއްޖާގެ މަންމަ ސުވާލު ކުރުމުން ބުނެފައިވަނީ ކުޑަ ކުއްޖާގެ ފައި ފިހުނު ގޮތް ނޭނގޭ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ކުއްޖާގެ މަންމަ އެވެ.

މި ކުޑަކުއްޖާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. އެ ކުއްޖާ އަށް ވަނީ 'ސެކަންޑް ޑިގްރީ ބަރން' އަށް ފަރުވާ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް