ޑާކް ރެއިން އެންޓަޓައިންމަންޓްސް އިން އުފައްދާފައިވާ ފިލްމު "މީ ލޯތްބަކީ" އަންނަ ބުދަ ދުވަހުގެ ރޭ ޕްރީމިއާކުރާނެއެވެ.
އަލީ ޝިފާއު ޑައިރެކްޓު ކޮށްފައިވާ މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޖުމައްޔިލް ނިމާލާއި މަރިޔަމް އައްޒައެވެ.
މި ފިލްމަށް ގިނަ މީހުން އިތުޒާރުކުރަމުން ދާއިރު، ފިލްމުގެ މޭކިން މިހާރު ވަނީ ދައްކާފައެވެ. އެއީ ފިލްމަށް އިންތިޒާރު ކުރަމުންދިޔަ މީހުންނަށް ވަރަށް ހާއްސަ ހަދިޔާއެކެވެ.
މޭކިންގައި ފިލުމެގެ ތަރިން ވަނީ އެމީހުން ރޯލާއި ތަަޖުރިބާއާ ގުޅޭ ވާހަކަތައް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ބޮޑު ކާސްޓެއް ފެނިގެންދާ މި ފިލްމުން މި ދާއިރާއަށް އާ ކުދިންތަކެއްވެސް ތައާރަފްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް