ޕްރިޔަންކާ ޗޯޕްރާ "ބޭވޮޗް"ގެ ޕްރޮމޯޝަނުގެ ކަންތައްތައް ފަށައިފި

ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް "ބޭވޮޗް"ގެ ޕްރޮމޯޝަނުގެ ކަންތައްތައް ފަށައިފި އެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ދެ ފަހަރަށް ޕީޕަލްސް ޗޮއިސް އެވޯރޑް ހާސިލްކޮށްފައިވާ ޕްރިޔަންކާ ގެ ފ...

02 Apr 2017 | 04:56

ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް "ބޭވޮޗް"ގެ ޕްރޮމޯޝަނުގެ ކަންތައްތައް ފަށައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ދެ ފަހަރަށް ޕީޕަލްސް ޗޮއިސް އެވޯރޑް ހާސިލްކޮށްފައިވާ ޕްރިޔަންކާ ގެ ފުރަތަމަ ހޮލީވުޑް ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ 1 ޖޫން 2017ގައި އެވެ. މި ފިލްމަކީ ލައިފްގާޑުން ތަކެއް އެމީހުންގެ ގޮޑުދޮށާއި މޫދާ ދެކޮޅަށް ކުރެވޭ ނުބައި ރޭވުންތަށް ހުއްޓުވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުން ޕްރިޔަންކާ ފެނިގެންދާނީ ނުބައި ބައިންނެވެ.

ޕްރިޔަންކާ ބުނާ ގޮތުގައި އޭނާ މި ފިލްމުގައި ކުޅެފައިވާ ރޯލާ މެދު ވަރަށް ހިތްހަމަ ޖެހެ އެވެ. އޭނާ އަށް ފުރަތަމަ ފިލްމުން ނުބައި ބައި ކުޅުމުގެ ފުރުސަތު ލިބުމަކީ ނަސީބުވެރި ކަމެއް ކަމަށްވެސް އޭނާ ދެކެ އެވެ. ޕްރިޔަންކާ މިހެން ބުނެފައިވަނީ އޭނާގެ ފުތަމަ ބޮލީވުޑް ފިލްމުގައިވެސް އަދާކޮށްފައިވަނީ ނުބައި ބައިގެ ރޯލުކަމަށްވާތީއެވެ.

ޕްރިޔަންކާ ވަނީ އޭނާގެ ފިލްމް ޕްރޮމޯޝަން ކުރުމަށް މިދިޔަ ހަފްތާގައި އޮތް "ސިނެމާ ކޮން" ގައި މުޅި ފިލްމުގެ ތަރިންނާއި އެކު ބައިވެރިވެފަ އެވެ. މި ހަފްލާގައި ހޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވެފައިވާއިރު އެންމެ ރީތި ހެދުން އެޅި މީހުންގެ ލިސްޓުގައިވެސް ޕްރިޔަންކާ ވަނީ ހިމެނިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް