އަކްޝޭ ކުމާރަށް ކުރިން ކީ އެހެން ނަމެއްކަން އިނގޭތަ؟

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ، އަކްޝޭ ކުމާރަށް ކުރިން އެހެން ނަމެއް ކީކަން އިނގޭހެއްޔެވެ؟ އަދި އެ ނަން ބަދަލުކުރި ސަބަބު އިނގޭހެއްޔެވެ؟ އަކްޝޭ އުފަންވުމުން އޭނާއަށް ފުރަތަމަ ދިން ނަމަކީ ރާޖީވް ހަރީ އޯމް...

02 Apr 2017 | 04:50

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ، އަކްޝޭ ކުމާރަށް ކުރިން އެހެން ނަމެއް ކީކަން އިނގޭހެއްޔެވެ؟ އަދި އެ ނަން ބަދަލުކުރި ސަބަބު އިނގޭހެއްޔެވެ؟

އަކްޝޭ އުފަންވުމުން އޭނާއަށް ފުރަތަމަ ދިން ނަމަކީ ރާޖީވް ހަރީ އޯމް ބާޓިއާ އެވެ.

ހިންދުސްތާން ޓައިމްސް އަށް އަކްޝޭ ދީފައިވާ އިންޓަވިއު އެއްގައި ބުނީ ނަން ބަދަލުކުރުމުގެ ޒިންމާ ނަގަން ޖެހޭނީ 80ގެ އަހަރުތަކުގައި ވަރަށް ވިދާލި އެކްޓަރެއް ކަމަށްވާ ކުމާރް ގޯރަވް ކަމަށެވެ.

އަކްޝޭގެ ނަމަށް ބަދަލު ކޮށްފައިވާނީ ފިލމު ކުޅެންވެސް ފެށިފަހުން ކަމަށް އަކްޝޭ ބުންޏެވެ.

"އަހަރެންގެ ފުރަތަމަ ފިލްމު "އާޖް" ރިލީޒްކުރީ 1987 ގައި. މަހޭޝް ބަޓް ޑައިރެކްޓްކުރި މިފިލްމުގެ އަސްލު ބަތަލަކީ ކުމާރް ގޯރަވް. އަދި އެ ފިލްމުގައި ގޯރަވްގެ ކެރެކްޓާއަށް ކިޔަނީ އަކްޝޭ،" އަކްޝޭ ބުންޏެވެ.

އަކްޝޭއަށް އެ ފިލްމުގައި އަދާކުރަން ލިބުނީ އެންމެ 4.5 ސިކުންތުގެ ރޯލެކެވެ. އެހެންކަމުން ގިނަ އިރު އިންނަން ޖެހުނީ ކުމާރު ގޯރަވް އެކްޓްކުރާ ގޮތާއި އޭނާގެ ހަރަކާތްތައް ބަލާށެވެ. އަދި އޭނާގެ އެކްޓިން އިން "އިންސްޕަޔާ" ވެ، އޭގެ އަނެއް ދުވަހު ކޯޓަށް ގޮސް ނަން ބަދަަލުކުރީއެވެ.

އެ ދުވަސްކޮޅު އަކްޝޭ މަޝްހޫރު ނޫނަސް ނަން ބަދަުކުރުމަށް ފަހު އޭނާ އަމިއްލަޔަށް ވަނީ ވިޒިޓިން ކާޑެއްވެސް ހަދާފައެވެ. އަދި ނަސީބު އަތުގައި ހިފުމުނެ އެ ދުވަސްވަރު ކުޅެން އިތުރު ފިލްމު ލިބުމުން މަޝްހޫރުވީކަމަށްވެސް އަކްޝޭ ވަނީ ބުނެފައެވެ. އޭނާގެ ނަން ބަދަލުކުރުމަކީ އޭނާއަށް ކާމިޔާބު ލިބުނު ސަބަބުކަމުގައި އޭނާ ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް