"ބޭގަމް ޖާން" ގެ ހުތުރު މަންޒަރުުތައް ކަނޑާލަަން އަންގައިފި

އިންޑިއާ އާއި ޕާކިސްތާނު ވަކިވި ދުވަސްވަރުގެ ހާދިސާތަކެއް ދައްކުވައިދޭ ވިދްޔާ ބާލަންގެ "ބޭގަމް ޖާން" ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް ކަނޑާލަން ސެންސަަރު ބޯޑުން އަންގައިފިއެވެ، ސްރިޖީތު މުކަރުޖީ ޑަ...

02 Apr 2017 | 04:45

އިންޑިއާ އާއި ޕާކިސްތާނު ވަކިވި ދުވަސްވަރުގެ ހާދިސާތަކެއް ދައްކުވައިދޭ ވިދްޔާ ބާލަންގެ "ބޭގަމް ޖާން" ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް ކަނޑާލަން ސެންސަަރު ބޯޑުން އަންގައިފިއެވެ،

ސްރިޖީތު މުކަރުޖީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަނެއް ހިންގާ އަންހެނެއްގެ ވާހަކައާއި އެތަން ބަންދުކުރަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް އޭނާ ކުރާ މަސައްކަތެވެ.

މި ފިލްމުން ވަރުގަދަ މެސެޖެއް މުޖުުތަމައަށް ލިބުނަސް ސެންސަރު ބޯޑުން މައްސަލަތަކެއް ކުރިމަތި ކުރުވާނެ ކަމަކަށް ފިލްމު އުފެއްދި ފަރާތުން ވިސްނާފާއެއް ނުވެއެވެ.

ފިލްމު ރިލީޒް ކުރަން ކުޑަ ދުވަސްކޮޅެއް އޮތް އިރު އެ ފިލްމުގެ 12 މަންޒަރެއް ކަނޑާލަން ސެންސަރު ބޯޑުން ވަނީ އަންގާފައެވެ. އެ މަންޒަރުތަކުގެ ތެރޭގައި ހިމެނެނީ ގައިގޯޅި މަންޒަރުތަކާއި، ހުތުރު ބަހުން ވާހަކަދައްކާ މަންޒަރުތަކެވެ.

ސެންސަރު ބޯޑުން ބުނީ މި ފިލްމު ހަމައެކަނި ބޮޑެތި މީހުންނަށް ބެލެވޭ ފިލްމެއްގެ ގޮތުގައި ފާސްކޮށްދޭނީވެސް އެފަދަ މަންޒަރުތައް ކަނޑާލާ، ހުތުރުން ބަހުން މުހާތަބުކޮށްފަ ހުރި ޑައިލޯގުތައްވެސް ބަދަުކުރީމައެވެ. އެ ނޫން ގޮތަކަށް ފިލްމު ފާސްކޮށް ނުދޭނެ ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް