އޮބާމާގެ ދޮށީ ދަރި ލޯބިވެރިޔަކު ހޯދައިފި !

އެމެރިކާގެ ކުރީގެ ރައީސް، ބަރަކް އޮބާމާގެ ދޮށީ ދަރިފުޅު މާލިއާ އޮބާމާ ލޯބިވެރިިޔަކު ހޯދައިފިއެވެ. އެމެރިކާގެ ބައެއް ނޫސްތަކުން ހަބަރު ފަތުރާފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލިއާ ވަނީ މެންހެޓ...

02 Apr 2017 | 04:39

އެމެރިކާގެ ކުރީގެ ރައީސް، ބަރަކް އޮބާމާގެ ދޮށީ ދަރިފުޅު މާލިއާ އޮބާމާ ލޯބިވެރިިޔަކު ހޯދައިފިއެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ހަބަރު ފަތުރާފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލިއާ ވަނީ މެންހެޓަންގެ "ބީ ބާ އެންޑް ގްރިލް" ކިޔާ ރެސްޓޯރެންޓަކުން ރަހުމަތްތެރިންނަށް ކެއުމެއް ދީފައެވެ. އަދި އެ ކެއުމުގައި މާލިއާގެ ލޯބިވެރިޔާ ބައިވެރިވިމަކަށް ވެއެވެ.

މާލިއާ ރަހުމަތްތެރިންނާ އެކީ ބޭއްވި ކެއުމަށްފަހު ސީކްރެޓް ސާވިސްގެ ގިނަ އެޖެންޓުންގެ ވަރުގަދަ ސަލާމަތީފިޔަވަޅުތަކާއި  އޭނާގެ ލޯބިވެރިޔާއާއި އެކީ މަގުމަތިން ހިނގާފަދިޔަ ކަމަށްވެއެވެ.

މާލިއާގެ ލޯބިވެރިޔާ ކަމަށްވާ އުމުރުން 23 އަހަރުގެ ރޮބް ފްރެންކްލިން އާއި މާލިއާ ފުރަތަމަ ބައްދަލުވީ މީގެ މަހެއްހާ ދުވަސް ކުރިން ފިރިހެނުންގެ ފެޝަން ވީކް އިވެންޓްގެ ތެރެއިންނެވެ.

އޮބާމާގެ ދެ އަންހެން ދަރިންވެސް ޑޭޓު ކުރުމާ ބެހޭގޮތުން މިދިޔަ ޑިސެމްބަރު މަހު ސަމަސާއަކަށް އޮބާމާ ދެއްކެވި ވާހަކާގައި އޭނާ ވިދާޅުވީ އެ ކުދިން ޑޭޓު ކުރިޔަސް އޭނާގެ އެއްވެސް އިތިރާޒެއް ނެތް ކަމަށެވެ. އަދި ސީކްރެޓް ސާވިސްގެ އެޖެންޓުން އެ ދެކުދިންގެ ކައިރީގައި އަބަދުވެސް ތިބޭނެ ކަމަށް އޮބާމާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް